logo

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ޚާއްސަ ސެޝަނެއް!

profile

އައިޝަތު އިނާޝާ - 15 ޖުލައި 2024 - 17:58

ފޮޓޯ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ފޮޓޯ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދެއްވާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެފަރާތުންނެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ތަމްރީނުގައި މަޢުލޫމާތަކީ ކޮބައިކަމާއި، މަޢުލޫމާތު ދެވޭ ގޮތްތަކާއި، މައުލޫމާތަށް އެދުމުންކަންތައް ކުރާނެ ގޮތާއި، އިސްތިސްނާ ހާލަތްތަކަށްވަނީ އަލި އަޅުވާލެވިފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ވުޒާރާއިން މަޢުލޫމާތު ހިއްސާކުރުމުގައި ބަލަން ޖެހޭ ކަންތައްތަކާއި، މައުލޫމާތު ހިއްސާކުރެވޭނެ މިންވަރާއި ގުޅޭގޮތުން ވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލައްވާފައި ކަމަށެވެ. މަޢުލޫމާތު ހޯދާ ލިބިގަތުމަކީ ރައްޔިތުންގެ ހައްޤެކެވެ. އެހެންކަމުން، މި ތަމްރީނަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، ބަލަހައްޓަމުންގެންދާ މަޢުލޫމާތުތަކުގެ ތެރެއިން ފަރުދުން ހޯދަން އެދޭ މަޢުލޫމާތު ހާމަކަންބޮޑުގޮތެއްގައިރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި، މުވައްޒަފުން މި ކަންކަމަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނިގޮތުގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ސަރުކާރުން ގެންގުޅޭ ހާމަކަންބޮޑު ދެފުށްފެންނާނެހެން މައުލޫމާތު ހިއްސާކުރުމުގެ ސިޔާސަތުގެ ދަށުން، ރައްޔިތުން ހޯދަން އެދޭ މައުލޫމާތުތައް ދެވެން އޮންނަ އެންމެ ފުޅާމިނެއްގައި ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ޚަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ވުޒާރާއިން ކުރާ މަސައްކަތްތަކާއި، ހިންގާ ޕްރޮގްރާމުތަކާއި، ރައްޔިތުންނަށް ދޭން ބޭނުންވާ މުހިންމު މެސެޖުތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

tel:+9607331319