ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިއެވެ.
ޒަމާނީ ހުރިހާ ވަޞީލަތްތަކާއެކު އިތުރު ފުރިހަމަކަމާއެކު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޒައާމަތުގައި ރައީސް ޑރ. މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ސީދާ އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ތަރައްޤީކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
އެ ހޮސްޕިޓަލް ހުޅުވީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ޚިދުމަތެއް ޤާއިމްކޮށްފައެވެ.
އައިޖީއެމްއެޗާއި އިންވެގެން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ 25 ބުރީގެ ހޮސްޕިޓަލެކެވެ. އެއީ މާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތެވެ.ފާއިތުވި ފަސް އަހަރުތެރޭގައި އެ ހޮސްޕިޓަލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފާފައިނުވާތީ އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދީފައެއް ނުވާ ކަމަށް މި ސަރުކާރުން ބުނެއެވެ. އޭގެ ސަބަބުން އެތަނުގައި ހުރި މެޝިނަރީތައް ހަލާކުވެ، މަރާމާތައް ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހުނުކަން ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ސަރުކާރުން ރަސްމީކޮށް ހުޅުވާފައި މިވަނީ، މީގެކުރިން ނުލިބޭ ގިނަ ޚިދުމަތްތައް ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަށްފަހުއެވެ.
ޓަރޝަރީ ހޮސްޕިޓަލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރު އަކީ ކުޑަކުދިންނަށް ޙާއްސަ އީއާރުއެއްގެ ގޮތެއްްގައި ވަނީ ކަނޑައަޅާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްވެސް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.