
ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ ތައުރީފް ރައީސަށް!

އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2026 - 05:23
ތ. ވިލުފުށި ކައުންސިލުގެ ގޮނޑިތައް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ދިނީ އެރަށުގެ ރައްޔިތުން ކުރިއަށްދާން ބޭނުންވަނީ ތަރައްގީއާ އެކުގައިކަން ސާބިތުކޮށް ދިނުމަށް ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވިލުފުށި ކައުންސިލުގެ ގޮނޑިތައް ވޯޓަކާ ނުލައި ސަރުކާރު ހިންގާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ކަށަވަރުވެފައެވެ.
މިކަމާގުޅިގެން ރިޔާޒް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލުފުށި ކައުންސިލުގެ ގޮނޑިތައް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ދިނީ މި ސަރުކާރުން ވިލުފުށީގައި ކުރިއަށްގެންދާ އެއަޕޯޓާއި ހޮސްޕިޓަލް އަދި އެނޫންވެސް ގިނަ މަޝްރޫތައް މަޑުޖެހުމަކާ ނުލައި ކުރިއަށް ގެންދާތީ ކަމަށެވެ. ވިދާޅުވީ ކައުންސިލުގެ ގޮނޑިތައް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ދިނީ އެރަށުގެ ރައްޔިތުން ކުރިއަށްދާން ބޭނުންވަނީ ތަރައްގީއާ އެކުގައިކަން ސާބިތުކޮށް ދިނުމަށް ކަމަށެވެ.
މިފުރުޞަތުގައި ވިލުފުށީ ރައްޔިތުންނަށާއި ގޮނޑިތައް ލިބުނު ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ދަންނަވަން: ރިޔާޒް ރަށީދު
އަންނަ އޭޕްރީލް 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނުކުންނަނީ ޕީއެންސީންނެވެ. އެ ޕާޓީން އެކަނިވެސް 1،320 ކެންޑިޑޭޓުން ވާދަކުރެއެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނުކުންނަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް!
14 ގަޑިއިރު ކުރިން

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
14 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް ބައްދަލުކުރައްވައިފި
15 ގަޑިއިރު ކުރިން

ކަރެކްޝަންސްގެ ފްރަންޓް އޮފީސް ހުޅުމާލޭގައި ހުޅުވައިފި
15 ގަޑިއިރު ކުރިން


