
ހުޅުމާލޭގައި ބަނގުރާ ފުޅިތަކަކާއެކު ފުލުހުން މީހަކު ހުއްޓުވައި ސުވާލުކުރަނީ: ފޮޓޯ އެމްވީ ކްރައިސަސް
ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި!

ރިޟްވާން މޫސާ - 24 މޭ 2026 - 08:12
ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކަކާއެކު މަގުމަތީގައި މީހަކު ހުންނަ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަނީ ދެ މީހަކު ބަނގުރާ ފުޅިތަކަކާއެކު ހިފަހައްޓައި ފުލުހުން ސުވާލުކުރާ މަންޒަރެވެ.
މަގުމަތީގައި ބަނގުރާ ފުޅިތައް ބަހައްޓާފައިވާއިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަތަން ވެސް ފެނެ އެވެ. ބެލެވޭ ގޮތުގައި އެ ބަނގުރާ ފުޅިތަކަކީ އެ ހައްޔަރު ކުރި މީހާގެ އަތުން އަތުލައި އެތަނުގައި ބަހައްޓާފައި ހުރި ފުޅިތަކެކެވެ.
މި ކަމާއި ގުޅިގެން ފުލުހުން މިހާތަނަކަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން މީހަކު ފުލުހުން ހައްޔަރުކުރުމަށްފަހު ބަނގުރާ ފުޅިތަކާއެކު ގެންދިޔަކަން އެނގެ އެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ ދިވެއްސެއްކަމެއް އަދި ބިދޭސީއއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފި
ގަޑިއިރެއް ކުރިން

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެއްޖެ!
10 ގަޑިއިރު ކުރިން

ނިލަންދޫ އަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: ކައުންސިލް ރައީސް
10 ގަޑިއިރު ކުރިން

580 ޖާގައިގެ ޕާކިންއެއް ބޮޑުތަކުރުފާނު މަގުގައި ހަދަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)