logo

ފަލަސްތީނާ ގުޅުންހުރި ކޮންޓެންޓް އިތުރަށް ސެންސަރުކުރަން މެޓާއިން ނިންމި ނިންމުން ކުށްވެރިކޮށްފި

profile

ސައިފް އަޒުހަރު - 08 ޖެނުއަރީ 2025 - 18:05

ފަލަސްތީނު ރައްޔިތުން ތަހައްމަލްކުރަމުންދާ ވޭނީ ހާލަތު ބަޔާންކޮށް، ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށް ލިޔާ ލިއުންތަކާއި ފޮޓޯތައް އިތުރަށް ސެންސަރު ކުރުމަށް މެޓާ ކުންފުނިން ނިންނި ނިންމުން، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

https://wamco.com.mv/

މެޓާ ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގައި ފަލަސްތީނަށް ތާއީދުކޮށް ލިޔާ ލިއުންތަކާއި، ފޮޓޯތައް އެއީ، ސައްހަ އެއްޗެއްތޯވެސް ނުބަލަން މެޓާ ކުންފުނިން މިހާރުވަނީ ނިންމާފައެވެ.

ފަލަސްތީނާ ގުޅުންހުރި ކޮންޓެންޓްސް އަދި އިސްރާއީލާ ދެކޮޅުވެރި ޕޯސްޓްތަކުގެ ފެކްޓްވެސް ޗެކްނުކުރަން މެޓާއިން ނިންމި ނިންމުން ކުށްވެރިކޮށް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގައި މުހިންމު ބަހުސްތައް ހިނގާނެ މާހައުލެއް އުފެއްދުމަށް ސީރިއަސްނަމަ، މެޓާ ކުންފުނި ވަކި ފަރާތަކަށް ނުޖެހި އޮންނަންޖެހޭ ކަމަށާއި، ފަލަސްތީނާ ގުޅުންހުރި ކޮންޓެންޓްސް ބްލޮކްކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެކި ފަރާތްތަކުން ކުރާ ޕޯސްޓުތައް ޝެޑޯބޭންކުރުން މެޓާއިން ހުއްޓާލަންޖެހޭ ކަމަށް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ބުނެފައި ވެއެވެ.

ހަމަ އެއާއެކު، އިސްތިއުމާރީ އިސްރާއީލުގެ ވެރިކަމުގައި މިހާރު އޮތް ދުރު-ކަނާތުފިޔައިގެ ހަރުކަށި ސަރުކާރަށް ފާޑުކިޔައި ކުރާ ޕޯސްޓްތައް ޝެޑޯބޭންކުރުންވެސް މެޓާއިން ހުއްޓާލަންޖެހޭ ކަމަށް ބުނެފައި ވެއެވެ.

ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށާއި، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ކުރާ އެތައް ޕޯސްޓަކާއި، ފަލަސްތީނު ރައްޔިތުންނާއި، ފަލަސްތީނު ރައްޔިތުންނަށް ތާއީދުކުރާ ފަރާތްތަކުން ލިޔާ އެތައް ލިއުންތަކެއް މެޓާއިން ޑިލީޓްކޮށްފައިވާކަން، ހިއުމަން ރައިޓްސް ވޮޗުން އާންމުކުރި ރިޕޯޓަކުންވެސް ހާމަކޮށްފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށީއްސުރެ މެޓާއިންވަނީ، ފަލަސްތީނާ ގުޅުންހުރި ޕޯސްޓްތައް ޑިލީޓްކުރުމާއި، ޝެޑޯބޭންކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ. އަދި އިސްރާއީލާ ދެކޮޅަށް ލިޔާ ލިއުންތައްވެސް ގެންދަނީ ޑިލީޓްކުރަމުންނެވެ. އެއީ، އިސްރާއީލުން ހިންގާ ޖަރީމާތައް ދުނިޔެއަށް ފޮރުވުމަށެވެ.

ބަދަލުގައި މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިސްރާއީލުން ބިލިއަނުން ފައިސާ އަޅައި، އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ސިފައިން ހިންގާ ޖަރީމާތައް ސިއްރުކޮށް، ޕީއާރް ވަރުގަދަކުރަން މަސައްކަތް ކުރަމުންދާކަންވެސް ފަޅާއަރާފައި ވެއެވެ.

https://wamco.com.mv/
tel:+9607331319