
އެމް ގެޕް ސްޓޭންޑަރޑަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕް ފަށައިފި

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 06:29
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބާއްވާ ވޯކްޝޮޕް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތައް މީރުމާގައި ކުރިޔަށް ދާ މި ވޯކްްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަނޑުވެރިއެކެވެ.
މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި ކުރިޔަށް ގެންދަނީ މާލޭ ސިޓީގައެވެ.
ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް ނުވަތަ މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް އަކީ މުހިންމު ސްޓޭންޑަރޑެކެވެ.
މިހާތަނަށް ރާއްޖޭގައި 10 ދަނޑުވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮއިދޫގެދިހަ ދަނޑެވެ. އެއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް ސެޓިފައިޑްވި ފުރަތަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
7 މިނިޓު ކުރިން

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި
12 މިނިޓު ކުރިން

ކައުންސިލް އިންތިހާބުގެ އޮފިޝަލުންނަށް މިހާތަނަށް ކުރިމަތިލީ 3000 މީހުން
17 މިނިޓު ކުރިން
-1765079250590.webp&w=3840&q=75)
ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރައްވައިފި
23 މިނިޓު ކުރިން


