logo

ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތަށް ދަށަށް ގޮސްފި

profile

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 06:35

ހުސްވި ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތަށް ދަށަށް ގޮސްފިއެވެ.

https://wamco.com.mv/

އިކޮނޮލިކް މިނިސްޓްރީގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަސާސީ ކާބޯތަކެތީގެ އަގުތައް އޮކްޓޯބަރު މަހާއި އަޅާބަލާއިރު ހުސްވި ނޮވެމްބަރު މަހުވަނީ 0.69 އިންސައްތަ ދަށަށް ގޮސްފައެވެ.

ސްޓެޓިކްސްޓިކްސް ބިއުރޯގެ ހުސްވި މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހުސްވި މަހުގައި ކާބޯތަކެތީގެ މައިގަނޑު ހުރިހާ ބާވަތެއްގެ އަގުތަށް ވަނީ ދަށަށް ގޮސްފައެވެ.

ކެއުމަށް ބޭނުންކުރާ ބާވާތްތަކުގެ އަގުަތައް އޮކްޓޯބަރ މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގައި ވަނީ 1.11 އިންސައްތަ ދަށަށް ގޮސްފައެވެ.

ނަމަވެސް ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތަށް ވަނީ 0.55 އިންސައްތަ އިތުރުވެފައެވެ.

މަހުގެ ބާވަތްތަކުގެ އަގުތައް ހުސްވި މަހުގައި ވަނީ 0.04 އިންސައްތަ ދަށަށް ގޮސްފައެވެ.

ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް ވަނީ 0.41 އިންސައްތަ ދަށަށް ގޮސްފައެވެ.

ރީތިވާން ބޭނުންވާ ސާމާނުގެ އަގުތައް ވަނީ 2.91 އިންސައްތަ އިތުރުވެފައެވެ.

މޭވާގެ ބާވަތްތަކުގެ އަގުތައް 4.50 އިންސައްތަ ދަށަށް ގޮސްފައިވާއިރު ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ 0.76 އިންސައްތަ ދަށަށް ގޮސްފައެވެ.

މީގެ އިތުރުން ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތަށް 0.80 އިންސައްތަ ދަށަށް ގޮސްައިވާއިރު ކެއުމަށް ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް ވަނީ 0.19 އިންސައްތަ ދަށަށް ގޮސްފައެވެ.

ގޭހާއި ތެލުގެ ބާވަތްތަކުގެ އަގުތައް ވަނީ 0.83 އިންސައްތަ ދަށަށް ގޮސްފައެވެ.

އެއްގަމު މަހުގެ ބާވަތްތައް ހުސްވި މަހު ވަނީ 0.32 އިންސައްތަ ދަށަށް ގޮސްފައެވެ.

އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ސަބަބުން އާއްމުކޮށް ގޭބިސީތަކުން ބޭނުންކުރާ ބާޔަތްތަކުގެ އަގުތައް ދެނެގަނެވި އަގުތައް ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތައް އެޅުމަށް ފަސޭހަ ވެގެންދާނެ ކަަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ

އީސީޕީ އަކީ އާއްމުކޮށް ގޭބިސީތަކުގައި ބޭނުންކުުރަމުންދާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ނެރެމުންދާ ލިސްޓެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay