logo

ޕާރކިންއަށް ޙައްލެއް ނުލިބި މުޅި މާލެ ފުރި ބާރުވަނީ!

profile

އައިޝަތު އިބްރާހިމް - 22 ޖޫން 2025 - 16:00

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެކެވެ.

https://wamco.com.mv/

މަގުމަތީގައި ޕާރކު ކުރުމުގެ މައްސަލަ ހައްލު ކުރުމަކީ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ.

ވެރިރަށް މާލޭގެ މާހައުލަށް ބަލައިފިނަމަ ފެނިގެންދަނީ ތޮއްޖެހި ބާރުވެފައިވާ މަންޒަރެވެ. މާލޭގައި ދިރިއުޅޭ މީހުންނަށްވުރެ ވެހިކަލްތައް ގިނަވުމުގެ ނަތީޖާއަކީ މަގުތައް ބާރުބޮޑުވެ މަގުތައް ޓްރެފިކްވެގެން ދިއުމެވެ.

ޕާރކުކުރުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ ޕާރކިންގ ޒޯންތައް މާލޭގެ އެކި ސަރަހައްދުގައި މިހާރުވެސް ހެދިފައިވީ ނަމަވެސް އެހުރިހާތަނެއްވެސް ހުރީ ފުރިފައެވެ. މަތިމައްޗަށް ޕާރކު ކުރަން ޖެހިފައެވެ.

ޕާރކްކުރާނެ އިތުރު ޖާގައެއް ނެތުމުގެ ސަބަބުން މަގުތަކާއި ގޯޅިތަކުގައި އެއްވެސް ތަރުތީބެއް ނެތި ވެހިކަލްތައް ޕާރކްކުރަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ.

ޕާރކްކުރާނެ އެކަށީގެންވާ ޖާގަ ހަމަޖައްސައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ބުނި ނަމަވެސް މިއަދާ ހަމައަށް އެކަމުގައި އެކަށީގެންވާ ހެޔޮ ބަދަލެއް ނުލިބޭތާ ހައްލެއް ކީއްކުރަން ކުރިއެރުމެއްވެސް ލިބިފައެއް ނުވެއެވެ.

ދުވަސްވީ ގިނަ ވެހިކަލްތައް ޕާރކްކޮށްފައި ބައެއް މަގުތަކުގައި ހުރުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ކާރާއި ޕިކަޕް ފަދަ އެއްގަމުގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް ޕާރކްކުރާނެ ގަރާޖުތައް ނެތުމުގެ ސަބަބުން މަގުތައް ވަނީ ކުޑަވެފައެވެ.

މިކަމުގެ ސަބަބުން ދުއްވާ މީހުންނަށް ދަތިވެ އެކްސިޑެންޓްތައް މަދުންނަމަވެސް ހިނގާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީގެ ޤަވާޢިދުގައިވާ ގޮތުން ކާރު ރެޖިސްޓްރީކުރަން ގަރާޖެއް ދައްކަންޖެހެއެވެ. އަދި މިހާރުގެ ޤަވާޢިދުގައިވާ ގޮތުން ނަމަ އުފައްދާތާ ވަކި މުއްދަތަކަށްވުރެ ގިނަ ދުވަސްވެފައިވާ ނަމަ އެ އުޅަނދަކަށް ރެޖިސްޓްރީ ހަދައެއް ނުދެއެވެ.

ހަނި ގޯޅިތަކުގައި ޕާރކްކުރުމުގެ ސަބަބުން ގޯޅިތަކުން ހިނގާބިނގާވެ އުޅޭ މީހުންނަށް އެކިވަރުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ގިނަ ފަހަރަށް މީގެން މަގެއްގެ އެއްފަރާތުން ހިނގުމަކީ ކުރުމަށްވުރެ ނުކުރުން ރަނގަޅުކަމެކޭ ބުންޏަސް ދޮގަށް ނުވާނެއެވެ.

ހުޅުމާލޭގައި ޕާރކިންގ ބިލްޑިންގ ތަކެއް އިމާރާތްކުރާނެ ކަމަށް މިސަރުކާރުން ކުރިން ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް ބިލްޑިންގްތައް އެޅިފައެއް ނުވެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ކުރީ ސަރުކާރު ހެދި މެކޭނިކަލް ޕާރކިން ޒޯންތައް މިހާރު ހުރީ ބައުވެ ވީރާނާވާން ގާތްވެފައެވެ. މިތަންތަނުގެވެސް ބޭނުން އެންމެ އެދެވޭގޮތުގައި ހިފާތަނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ޕާރކްކުރާނެ ހަރުދަނާ އުސޫލެއް ކަނޑައަޅައިގެން ކުރިއަށްދާނަމަ ޕާރކް ކުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެއެވެ.

ރާއްޖެއިން ބޭރުގެ ގިނަ ޤައުމުތަކުގައި ގެދޮރު އިމާރާތްކުރާއިރު ބޭސްމެންޓަކީ ޕާރކް ކުރާނެ ޖާގައެއްގެ ގޮތުގައި ހަދާފަ ހުރެއެވެ. އަދި ހުންނަންވެސް ޖެހެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އިމާރާތްކޮށްފައިހުންނަ ގިނަ ގެތަކާއި އަދި ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓްތަކުގައިވެސް ޕާރކްކުރާނެ އެދެވޭ ޖާގައެއް ނެތެވެ. އެހެންކަމުން ސައިކަލާއި ކާރު ޕާރކު ކުރަންޖެހެނީ މަގުމަތީގައެވެ.

މާލޭގެ ޙާލަތަށް ބަލާއިރު ކޮންމެ ގެއެއްގައި 4 ނުވަތަ 5 ސައިކަލު އޮންނައިރު 2 ކާރު ނުވަތަ 1 ކާރު އޮވެއެވެ. ގަރާޖެއް ނެތްނަމަ ކާރު ޕާކު ކުރަންޖެހެނީ ގޭގެ ކައިރީ މަގުމަތީގައެވެ.

މަގުމަތީގައި ހިނގާ މީހުން ދުވާރު މަތިން ހިނގި ނަމަވެސް ދުވާރުން މަގަށް ފައިބަން ގިނަފަހަރު ޖާގައެއް ނޯވެއެވެ.

ގޯޅި ގޯޅީގެ ކަންމަތިތައްވެސް ފުރިބާރުވެފައި އޮންނާނީ ޕާރކުކޮށްފައިވާ ކާރުތަކާއި ސައިކަލުތަކުންނެވެ.

މާލެ ސަރަހައްދުގައި އެކަށީގެންވާ ގޮތެއްގައި ޕާރކުކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޕާކިންގ ޒޯންތަކުގެ ބޭރުގައި ސައިކަލުތައް ޕާރކްކޮށްފައި ހުންނަ އިރު މަގުމަތީގައި ދެން އިތުރު ކަމެއްކުރާނެ ޖާގައެއް ނޯވެއެވެ.

މާލޭގެ މަގުތަކުގެ ހާލަތު ދަށްވެގެން ގޮސްފައިވާއިރު، މީހުންނަށްވުރެ ވެހިކަލްގިނަވެ މުޅި މާލެ މިވަނީ ފުރި ބާރުވެ ތޮއްޖެހިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay