logo

ހެޕިނަސް ލައުންޖާއި ޔޫތު ކައުންސިލްގެ ހިދުމަތް ޔޫތު ހަބުން ދޭން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 07 ޑިސެމްބަރު 2025 - 04:50

ޔޫތު ކައުންސެލިންގ" އަދި "ހެޕީނެސް ލައުންޖް ޔޫތު ހަބަށް ބަދަލުކޮށް، އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

ޔޫތު ހަބަށް މިޚިދުމަތްތައް ބަދަލުކުރުމާއެކު، ޔޫތު ކައުންސެލިންގގެ ޚިދުމަތް ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން މެންދުރުފަހު 02:00 އަށް ލިބެން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެޕީނެސް ލައުންޖްގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 04:00 އިން ހަވީރު 06:00 އަށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ޚިދުމަތް ދޭ ގަޑިތަކުގައި ޒުވާނުންގެ ހަބަށް ޒިޔާރަތްކޮށްގެންވެސް ޚިދުމަތް ލިބިގަނެވޭނެއެވެ.

ޒުވާނުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، މުޖުތަމަޢުގައި އުފާވެރިކަން ފަތުރުވުމަށް މިފަދަ ހިދުމަތްތަކަކީ ވަރަށް މުހިއްމު ހިދުމަތްތަކެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay