logo
ހަމަނުޖެހުން ހިނގި މެޗްގެ ތެރެއިން

ހަމަނުޖެހުން ހިނގި މެޗްގެ ތެރެއިން

ހަމަނުޖެހުން ހިންގި މައްސަލައިގަ ގުރައިދޫ ޓީމަށް ފިޔަވަޅު އަަޅައިފި

profile

އަހުމަދު ޒަލީފު - 08 ފެބްރުއަރީ 2023 - 13:56

އިންޓަރސުކޫލު ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ޓީމަށް އެފްއޭއެމުން އިންތިޒާމު ކުރާ އެއްވެސް މުބާރާތެއްގައި 1 އަހަރުގެ ކުރިން ބައިވެރިނުވެވޭ ގޮތަށް އެ ޓީމް ސަސްޕެންޑް ކޮށްފިއެވެ.

https://wamco.com.mv/

އެ މައްސަލަ ބެލުމަށްފަހު ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ، މެޗުގެ ކުޅުން ނިމިފައިވަނިކޮށް ގުރައިދޫ ސްކޫލް ޓީމުގެ ކުޅުންތެރިން މެޗުގެ ރެފްރީއާ މެދު ނުރުހުން ފާޅުކޮށް ހަމަލާދީފައި ވާކަން އެނގެން އޮތް ކަމަށެވެ. އަދި އެ ޓީމުގެ އޮފިޝަލުންނާއި އެ ޓީމަށް ތަރުހީބު ދިނުމަށް ގަލޮޅު ދަނޑަށް ވަދެފައިވާ ސަޕޯޓަރުން ވެސް މެޗުގެ އޮފިޝަލުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް އެފްއޭއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ކުޅުނު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކ. ގުރައިދޫއާއި ކަލާފާނު ސްކޫލާ ދެމެދު ކުޅުނު މެޗަށް ފަހު ގުރައިދޫ ސްކޫލްގެ ސަޕޯޓަރުން ރެފްރީއަށް ހަމަލާދީފައި ވެއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިއްޔެ ހިންގި އަމަލަކީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ކަމަށެވެ.

އެފް.އޭ.އެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީފައިނަލުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ޢަމަލު ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ސްކޫލްތަކުގެ މެދުގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ކިބައިގައި އިޖުތިމާއީ އަދި އަޚްލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މިމުބާރާތްތަކުގައި ބައިވެރިވާ ސްކޫލްތަކާއި ސަޕޯޓަރުންވެސް ކުޅިވަރުގެ ރޫހާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓްރީން ވަނީ އެފަދަ ޢަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay