
މާލޭ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ
580 ޖާގައިގެ ޕާކިންއެއް ބޮޑުތަކުރުފާނު މަގުގައި ހަދަނީ

ރިޟްވާން މޫސާ - 24 މޭ 2026 - 06:01
ބޮޑުަކުރުފާނު މަގުގެ ސެގްމެންޓު 4 ގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައި ވަނީ މަގު ހެދުމުގެ މި ބިޔަ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ސައިކަލް ޕާކުކުރުމަށް، 588 ސްލޮޓްގެ ޕާކިންގއެއް ތަރައްޤީކުރަމުންދާކަމަށެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގަކީ ސަރުކާރުގެ އިދާރާތަކާއި، ބެންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. މީގެއިތުރުން އެސަރަޙައްދަކީ، މާލެއަށް އަރާފައިބާ މީހުން އާންމުކޮށް ބޭނުންކުރާ ސަރަޙައްދެއްވެސްމެއެވެ. އެހެންކަމުން އެއީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށްވުމާއެކު އެސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އަދި އެސަރަޙައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދެއްކަމުން އެތަނުގައި ޕާކުކުރެވޭނެ އިންތިޒާމު ހުރުމަކީ މުހިއްމުކަމެކެވެ.
މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 5 ސެގްމަންޓެވެ. އެއީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން މިހާރު މަސައްކަތްކުރަމުންދާ ހުރިހާ ސެގްމަންޓުތަކެއްގެ މަސައްކަތް ނިންމުމަށްފަހު ޖޫން މަހުގެ ނިޔަލަށް މަގުއެއްކޮށް ހުޅުވާލުމަށްދަނީ މަސައްކަތްކުރަމުންނެވެ. މަގު ފުޅާކުރުމަށް ފަޅުތެރެއަށް ބައެއް ޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޝީޓްޕައިލްކުރުމުގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފި
ގަޑިއިރެއް ކުރިން

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެއްޖެ!
10 ގަޑިއިރު ކުރިން

ނިލަންދޫ އަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: ކައުންސިލް ރައީސް
10 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި!
10 ގަޑިއިރު ކުރިން


.gif&w=3840&q=75)