logo

ވަރޓިކަލް ފާމިންގ މަޝްރޫޢު ކުރިއަށްގެންދާ 5 ރަށް ކަނޑައަޅައިފި

profile

ޒިދާން މުޙައްމަދު - 29 ނޮވެމްބަރު 2024 - 17:15

ދަނޑުވެރިކަން

ދަނޑުވެރިކަން

ވަރޓިކަލް ފަރމިންގެ މަޝްރޫޢޫ ކުރިއަށް ގެންދިޔުމަށް 5 ރަށެއް ކަނޑައަޅައިފިއެވެ.

މިމަޝްރޫޢޫގެ ދަށުން ވަރޓިކަލް ފާމިންގެ މަސައްކަތް ފުރަތަމަ ފަށާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ނ. ކެނދިކުޅުދޫ، ޅ. ނައިފަރު، ރ. ހުޅުދުއްފާރު، އއ. މަތިވެރި، އަދި ތ. ކިނބިދޫގައެވެ.

ރާއްޖޭގައި ވަރޓިކަލް ފާމިންގ ކުރިއަށްގެންދެވޭތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއިއެކު ސޮއިކޮށްފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ރާއްޖޭގައި ވަރޓިކަލް ފާމިންގ ޕައިލެޓް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވަނީ، ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައެވެ. އެ ސެންޓަރުގައި ތިން ބާވަތުގެ ހައިޑްރޮފޯނިކްސް ސެޓަޕް ބަހައްޓާފައިވެއެވެ.

ގާއިމްކުރި ސެޓަޕްތައް:

  • ނިއުޓްރިއެންޓް ފިލްމް ބޭނުންކޮށްގެން ގަސްހައްދާ ނިޒާމް ޕައިލެޓްކުރުން
  • ޕައިންއެޕަލް ޓަވަރ ސިސްޓަމް ޕައިލެޓްކުރުން
  • އޭރޯޕޯނިކްސް ޓަވަރ ސިސްތަމްތައް ޕައިލެޓްކުރުން

އެ ވުޒާރާއިން ހިއްސާކޮށްފައިވާގޮތުންނަމަ، ރާޢްޖެފަދަ ކުޑަ ޖަޒީރާ ގައުމަކަށް އެފަދަ މަޝްރޫއުތައް މުހިއްމެވެ. ބޭރު ގައުމުތަކަށް ބަރޯސާ ނުވެ އަމިއްލަ ގައުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނެނަމަ އެތައް ފައިދާތަކެއް ކުރާނެކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން، ރާއްޖެއަށް އެންމެ ކަމުދާނީ ކޮން ބާވަތެއްގެ ވަރޓިކަލް ފާމިންގެއްތޯ ދެނެގަނެވޭނަކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ޕައިލެޓްކުރުމުގެ މަޝްރޫއު ނިންމައިލާ އެންމެ ކަމުދާ ބާވަތެއްގެ ވަރޓިކަލް ފާމިންގއެއް ދަނޑުވެރިންނަށް ތައާރަފްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



https://int.etukuri.mv/
tel:+9607331319