logo

އެމްއޭސީއެލްގެ މުއައްޒަފުން ތިބޭނީ އަބަދުވެސް އުފަލާއެކު: ގައްސާން

profile

ރިޟްވާން މޫސާ - 24 މޭ 2026 - 06:00

މޯލްޑިވްސް އެއާޕޮޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުއައްޒަފުން އަބަދުވެސް ތިއްބަވާނީ އުފަލާއެކުގައި ކަމަށާއި، މުއައްޒަފުންނަށް ދިމާވާ ދަތިތަކަށް އަބަދުވެސް ކުންފުނިން ހައްލު ހޯއްދަވައިދެއްވާ ކަމަށް އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެންޑް ޕީއާރު ހަސަން ގައްސާން ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އަސްލު ޓީވީން ކޮންމެ ހަފްތާ އަކު ގެނެސްދޭ (ބާބު) ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ގައްސާން ވިދާޅުވީ އެމްއޭސީއެލްގެ މުއައްޒަފުންނަށް ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރި ކަމުގެ އުފާވެރި ދުވަހެއް ކަމަށެވެ.

ގައްސާން ވިދާޅުވީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މެއި މަހުގެ އެއްވަނަ ދުވަހަކަށް ވަކިން ހާއްސަކޮށް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ލިމިޓް ނުކުރާ ކަމަށާއި، އެކުންފުނީގެ ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރިންގެ ދުވަހެއް ކަމަށެވެ.

މަސައްކަތްތަކުގެ ހުރި ލުއިފަސޭހަ ކަމާއި، މަސައްކަތްތަކުގެ ތެރޭގައި ހުރި ކަންކަމުގެ ތެރެއިން ރައްކާތެރި ކަމާއި، މުއައްޒަފުން ހޭދަކުރާ ކުލުނުވެރި ވަގުތުތަކުގެ ބޭރުން ކުންފުނިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި ފޯރުކޮށްދޭ އެކިއެކި ޓްރެއިނިންގ ތަކުގެ ތެރެއިން މުއައްޒަފުންނަށް ވަޒީފާގެ މާހައުލުގައި އުފާވެރިކަން ގެނެސްދޭ ކޮންމެ ކަމެއް ކުންފުނިން ކޮށްދެއްވަމުން އަންނަ ކަމަށެވެ.

ގައްސާން ވިދާޅުވީ ކުންފުނިން ވަރަށް ބޮޑަށް އެ ކުންފުނީގެ މުއައްޒަފުންގެ ކަންކަން ބަލަމުން އަންނަ ކަމަށާއި، ވަޒީފާގެ މާހައުލުގައި ރައްކާތެރިކަން މުއައްޒަފުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ ފަސްޓް ޕޮލިސީ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk