logo

ަހައްޖު، އުމްރާ ކޮންފަރެންސަށް ސައުދީ ވަފުދެއް ރާއްޖެއަށް

profile

ޝަހްޒާ މުޙައްމަދު - 09 ޑިސެމްބަރު 2025 - 05:30

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

https://wamco.com.mv/

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.
މި ދަތުރުފުޅުގައި އެބޭފުޅުން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތްކޮށް، ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިރުންމ، ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ބައްދަލުކުރެއްވުމަށްފަހު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި އަލް-ސަފްވާ ޖަމްޢިއްޔާގެ މަސައްކަތްތަކާ ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.

ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކާއި ދީނީ އިލްމުވެރިން ބައިވެރިވެލައްވާ، މި ކޮންފަރެންސްގައި ޙައްޖާއި ޢުމްރާއާ ގުޅުންހުރި ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނެވެ.

މިއަހަރުގެ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް ބާއްވަނީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގޮތަށް ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކުރުމުގެ މަޤުޞަދުގައިކަމަށާއި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި ވުޒާރާއާ ދެމެދު ގުޅުން ރަނގަޅުކުރުމާއި، ދީނީ މަޢުލޫމާތުދީ ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay