ހެރީ ޕޮޓާގެ މަޝްހޫރު ތަރި މެގީ ސްމިތު މަރުވެއްޖެ
މަރްޔަމް އުމްނާ އިސްމާޢީލް - 28 ސެޕްޓެމްބަރު 2024 - 07:07
މެގީ ސްމިތު
ހެރީ ޕޮޓާ އާއި ޑައުންޓައުން އެބީ ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެންދިޔަ ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މެގީ ސްމިތު މަރުވެއްޖެއެވެ.
މެގީ މަރުވީ އުމުރުން 89 އަހަރުގައެވެ.
މެގީ މަރުވިކަން ސޯޝަލް މީޑިއާގައި އިއުލާނު ކޮށްފައިވަނީ އޭނާގެ ދަރިންނެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މެގީ މަރުވީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ކަމަށެވެ.
މެގީގެ ދެ ދަރިން ތިބޭ އިރު، ފަސް މާމަ ދަރިން ތިބެއެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓްރެސް މެގީ ސްމިތު އުފަންވީ 1834 ގައެވެ. އޭނާ ވަނީ ބްރޯޑްވޭގެ "ނިއު ފޭސެސް އޮފް 1956" އާއި "ޝެއާ މައި ލެޓުސް" ފަދަ ޕްލޭތަކުގެ ލީޑު ރޯލުން ފެނިގެން ގޮސްފައެވެ.
މެގީ ބޮޑަށް މަޝްހޫރު ވެފައިވަނީ ހެރީ ޕޮޓާގައި ފެނިގެންދާ ޕްރޮފެސަރ މެކްގޯނަގަލްގެ ރޯލުންނެވެ. އޭނާއަށް ގިނަ އެވޯޑު ވެސް ލިބިފައިވެއެވެ.