logo

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އޮންނަންޖެހޭނީ ނިކަމެތި ރައްޔިތުން ރައްކާތެރިކޮށްދޭ ގޮތަށް: މިނިސްޓަރ ހައިދަރު

profile

އައިޝަތު އިނާޝާ - 11 އޮކްޓޯބަރު 2024 - 16:15

ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު

ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ފަރުމާކުރެވިފައި އޮންނަންޖެހޭނީ މުޖުތަމަޢުގެ އެންމެ ނިކަމެތި ރައްޔިތުންވެސް ރައްކާތެރިކޮށްދޭ ގޮތަށް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަސާސީ ހިޛުމަތްތައް ދޭންޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެފަދަ ގޮތަކަކަށް ކަމަށެވެ.

ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެއްޖެނަމަ، އެ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެކަހެރިވުމާއި، އެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ނިޒާމުގެ ބޭނުން ނެތިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި އެކުލަވާލާ ސިޔާސަތަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއަކީ ހަމަހަމަ ނިޒާމަކުން އެންމެ ބޭނުންވާ ފަރުދުންނަށް ހިޛުމަތްދެވޭކަން ޔަޤީންކުރުން" މިނިސްޓަރު

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ނިޒާމުގެތެރެއިން ކޮރަޕްޝަންގެ އަމުލުތައް އެކި ގޮތްގޮތަށް ހިންގައިފައި އެބަހުރިކަމަށެވެ. އެ ކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެންލުންތަކެއް ލިބި، އާންމު ގިނަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން މުޅިން އެއްކިބާވެފައި އޮންނަ ނިޒާމަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަދަން ޖެހޭކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ގަވައިދުން އޮޑިޓްކޮށް، ފަންޑުން ހަރަދުކުރެވެމުންދާ ގޮތް ހާމަކޮށް، ފަންޑުން ފައިސާ ދޫކުރުމުގެ ޝަރުތުތައް ހަރުދަނާ ކުރަން ޖެހޭ" މިނިސްޓަރު

މީގެއިތުރުން އެ ނިޒާމު ހަރުދަނާކުރުމަށް ފަންނިޔާތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަން ޖެހޭ ކަމަށާއި، އެކި ފަރުދުންގެ ފަރާތުން ފަސާދައާއި ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައިވާ ދޮރުތައް ފަންނިއްޔާތުގެ ޒަރިއްޔާއިން ބަންދުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފައިސާ ދެއްކުމުގެ ސުމޭކު ނިޒާމުތަކާއި، ބަޔޯމެޓްރިކް އައިޑީއާއި، ބްލޮކްޗެއިންގެ ފަންނިއްޔާތުތަކަކީ ވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކޮށް އެ ނިޒާމުގައި ނަޒާހަތްތެރިކަން އިތުރުކޮށްދޭ ވަސީލަތްތައް" މިނިސްޓަރު
https://int.etukuri.mv/
tel:+9607331319