logo

ޑިޖިޓަލް ދާއިރާއިން ގައުމު ކުރިއެރުވުމަށް ރައީސް ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް: ޑރ. ކިނާނަތު

profile

ޝާމާ ޝުޢައިބު - 27 ނޮވެމްބަރު 2024 - 22:30

ޑިޖިޓަލް ދާއިރާއިން ދިވެހިރާއްޖެ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ލަންކާގެ 42 ވަނަ އެންއައިޓީސީ ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން ޑރ. ކިނާނަތު ވަނީ ދިވެހިރާއްޖެ، އައިސީޓީގެ ރޮނގުން އައިސްފައިވާ ހިސާބާއި ދިމާވަމުންދާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުވާ ލައްވާފައެވެ.

އެގޮތުން ޑރ. ކިނާނަތުގެ ވާހަކައިގައި ރާއްޖޭގައި ބޭނުންކުރަމުންދާ އީފާސް ޑިޖިޓަލް އައިޑީ، އަލަށް ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ޖެމްސް ވާކްސްޕޭސް އާއި މިނޫނަސް މިފަދަ ޑިޖިޓަލް ސިސްޓަމްތަކުގެ މައުލޫމާތުވެސް ވަނީ މި ކޮންފަރެންސްގައި ހިއްސާ ކުރައްވާފައެވެ.

އަދި މީގެއިތުރުން ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ވާހަކަވެސް ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން މި ސަރުކާރުން އެކުލަވާލާފައިވާ "ސްމާޓް މޯލްޑިވްސް" ޕްލޭން އާއި ގުޅޭ މައުލޫމާތު އެ ކީނޯޓްގައި ވަނީ ތަފްސީލްކޮށް ދެއްވާފައެވެ.

އެންއައިޓީސީ އަކީ ސްރީލަންކާގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއެރުވުމާއި އައިސީޓީ ދާއިރާގައި މައުލޫމާތު ބަދަލުކުރުމަށް 40 އަށް ވުރެ ގިނަ އަހަރުވަންދެން މެދުކެނޑުމެއް ނެތި ކޮންމެ އަހަރެއްގައި ބާއްވަމުންދާ އެންމެ ބޮޑު އައިސީޓީއާ ގުޅޭ ބައްދަލުވުމެވެ.

ސީއެސްއެސްއެލް އަކީ 1976 ގައި ލަންކާގައި ކޮމްޕިއުޓަރ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިން ތަމްސީލުކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ އެދާއިރާގެ އެންމެ ހަރަކާތްތެރި އަދި އެންމެ ހިންގުންތެރި ޖަމިއްޔާއެވެ.

https://wamco.com.mv/
tel:+9607331319