logo

ބީއެމްއެލްއިން އިތުރު 7 ބްރާންޗެއްގެ ހިދުމަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 11:36

ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އަލަށް 7 ބްރާންޗެއް ހުޅުވައި ބޭންކުގެ ވިއުގަ އިތުރަށް ވަރުގަދަކޮށްފިއެވެ.

https://wamco.com.mv/

މި ބްރާންޗްތައް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަލަށް ޚިދުމަތް ދޭން ފެށި ރަށްތަކަކީ:

• ހއ. ހޯރަފުށި

• ށ. ކަނޑިތީމު

• ރ. އަލިފުށި

• ޅ. ހިންނަވަރު

• އދ. މާމިގިލި

• ގއ. ގެމަނަފުށި

• ލ. މާވަށް

މި ބްރާންޗްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅެއްގައި ޖުމްލަ 55 ބްރާންޗެއް މެދުވެރިކޮށް ޚިދުމަތް ދެމުންގެންދެއެވެ.

މީގެ ތެރޭގައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަލަށް ހުޅުވި 17 ބްރާންޗެއް ހިމެނެއެވެ.

މިއީ ރައްޔިތުންނާ ގާތުން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ ކުރިއެރުމާއި ފައިދާ އިންވެސްޓްކުރަނީ މުޖުތަމައަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

ބޭންކަށް ލިބެމުންދާ މާލީ ކުރިއެރުމާއެކު، މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ބޭންކިންގ ވިއުގަ އިތުރަށް ހަރުދަނާކޮށް، ކޮންމެ ރައްޔިތަކާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިއުގަ ބަލަހައްޓަމުންނެވެ.

ބީއެމްއެލް އިން 20 އަތޮޅެއްގައި ގާއިމުކޮށްފައިވާ 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން، އެންމެ ފަހުގެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް އެ ބޭންކުން ދަނީ އެންމެ ޒަމާނީ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk