
ބާސެލޯނާ އާއި އަލަވޭސް ވާދަކުރި މެޗުގެ ތެރެއިން..
ފަހަތުން އަރައި އަލަވޭސް ބަލިކޮށް ބާސެލޯނާ އެއްވަަނައަށް

ހަސަން ޝަމްއޫން - 30 ނޮވެމްބަރު 2025 - 00:21
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އަލަވޭސް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 4-0 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެފައިވާއިރު، ލީގުގައި އަލަވޭސް އެންމެ ފަހުން ކުޅުނު މެޗުގައި ސެލްޓަވީގޯ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ މިނެޓުގައި އަލަވޭސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕަބްލޯ އިބަނޭޒް އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލިމީން ޔަމާލް އެވެ.
ބާސެލޯނާ އިން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި މިޑްފީލްޑަރު ޑެނީ އޯމޯ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް އޯމޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން ބާސެލޯނާއަށް 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗުކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލަވޭސް އިން ލީގުގައި ކުޅުނު 14 މެޗުން ހޯދި 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
4 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
4 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ސަންޑަލޭންޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން ފަރަގު ކުޑަކޮށްފި
5 ގަޑިއިރު ކުރިން

ޗެލްސީ އާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު
5 ގަޑިއިރު ކުރިން


