logo

" ދަތުރުވެރިޔާ" އަސްލުޓީވީ ގުރުއާން މުބާރާތަށް ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 16 ޑިސެމްބަރު 2025 - 13:06

" ދަތުރުވެރިޔާ" 1447 ވަނަ އަހަރުގެ އަސްލުޓީވީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

ދަތުރުވެރިޔާ ގުރުއާން މުބާރަތަކީ ކޮންމެ އަހަރެއްގެ ރޯދަމަހު އަސްލު ޓީވީ އިން ކުރިއަށްގެންދާ މުބާރާތެކެވެ.

މިދިޔަ އަހަރުވެސް އަސްލު ޓީވީ އިން ވަނީ ދަތުރުވެރިޔާ ގުރުއާން މުބާރާތް ރޯދަމަހު ކުރިއަށް ގެންގޮސްފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ މި ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 13 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަކޮށްގެންނެވެ.

އަގުހުރި އިނާމްތަކެއް ކަނޑައެޅިފައިވާ މި ގުރުއާން މުބާރާތުގައި އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގެ:
1 ވަނަ އިނާމު: އުމްރާ 2 ދަތުރު

2 ވަނަ އިނާމު: އުމްރާ 1 ދަތުރު

3 ވަނަ އިނާމު: 10 ހާސް ރުފިޔާ

އޮންލައިންކޮށް ކުރިއަށް ގެންދާ މި ގުރުއާން މުބާރާތުގައި 13 އަހަރުން މަތީގެ އުމުރުފުރާގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Dhathuruveriyaa AsluTv Quran Mubaaraai 1447

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅޭނެއެވެ.

އަސްލު ޓީވީން ކޮންމެ ރަމަޟާން މަހަކު ގުރުއާން މުބާރާތް ބޭއްވުމުގެ މަގުސަދަކީ ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމެވެ. އަދި ކީރިތި ޤުރްއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް އެހީތެރިވުމާއި ޤާރީންނާއި ޙާފިޘުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމެވެ. ބައިނަލްއަޤްވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އުފެއްދުމާއި، ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުމާއި އެކަމުގެ ރޫޙު އަށަގެންނެވުން ވެސް މި މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިމުބާރާތުގައި އިންސާފިކޮށްދެއްވާނީ ތަޖުރިބާކާރު ފަނޑިޔާރުންނެވެ. ވަނަވަނައަށް ހޮވުމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ކިޔެވުން، ތަޖުވީދު، ރާގު، އަދި މަޚްރަޖް ހިމެނެއެވެ.

މީގެ އިތުރުން މާކްސް ދިނުމުގައި ބަލާނެ އެހެނިހެން މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ އަޑާއި އާޓިކިއުލޭޝަން، ވިސްނުމުގެ ހެކި، އަދި ޖުމްލަ ޕާފޯމަންސް އާއި ޞައްޙަކަމަށް އިސްކަން ދެވޭނެއެވެ.

ދަތުރުވެރިޔާ އަކީ އުމްރާ ގެމަތިވެރި އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ޖަމާއަތެކެވެ.

ދަތުރުވެރިޔާ އިން ދެ ހަރަމް އުމްރާ އާއި ތިން ހަރަމް އުމްރާގެ އިތުރުން އަހަރުގެ މުހިއްމު ދުވަސްތަކުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު އާއްމުންނަށް ފަހިކޮށްދެނީ ހިދުމަތާއި އެކަށީގެންވާ އަގުތަކެއްގައެވެ.

އަހަރުގެ ކޮންމެ މަހެއްގައިވެސް އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ އެންމެހައި ދިވެހިންނަށް ދަތުރުވެރިޔާ ގްރޫޕް މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެއެވެ.

އުމްރާ ދަތުރުގައި ގުބާ މިސްކިތަށް ޒިޔާރަތް ކުރުމާއި މައްކާ އަދި މަދީނާ އަށް ޒިޔާރަތް ކުރުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ދަތުރުވެރިޔާ ގްރޫޕް މެދުވެރިކޮށް އުމްރާއަށް ދަތުރުކުރާ ފަރާތްތަކަށް އުމްރާ ކިޓާއި ކެއުމާއި ހުރުން ފެންވަރު ރަނގަޅު ހޮޓާތަކުގައި ހަމަޖައްސައިދެއެވެ.

ދަތުރުވެރިޔާ ގްރޫޕްގެ އެންމެ މުހިއްމު ކަމަކީ އުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ވީ އައިޕީ ހިދުމަތް ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay