logo

ޔޫ.އޭ.އީއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއް: ރައީސް

profile

ފާތިމަތު ރިފާތު - 03 ޑިސެމްބަރު 2024 - 13:26

ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

ޔޫ.އޭ.އީއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައިސް މިފަދައިން ވިދާޅުވީ އެކުވެރި ޢަރަބި ޢިމާރާތް، ޔޫ.އޭ.އީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި އެޤައުމުގެ ނައިބުރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމް އަށް ފޮނުއްވި ތަހުނިޔާ މެސެޖުގައެވެ.

ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޔޫ.އޭ.އީ އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމަށާއި، އެގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި އެޤައުމުގެ ނައިބުރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޤައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.

https://wamco.com.mv/
tel:+9607331319