logo

ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނަން: ހޯމް މިނިސްޓަރ

profile

ޝުރުފާ މުހައްމަދު - 29 ނޮވެމްބަރު 2024 - 13:46

ދާހިލީ ވަޒީރު އަލީ އިހުސާން

ދާހިލީ ވަޒީރު އަލީ އިހުސާން

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޠާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް މިމަހުގެ 21 ވަނަ ދުވަވހު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ ނެރެފައެވެ. މި އަމުރާއި އެކު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން، އައިސީސީ މުއާހަދާގައި ބައިވެރިވާ ކޮންމެ ގައުމަކަށް ނަތަންޔާހޫއާއި ގަލަންޓް ދިޔަޔަސް ހައްޔަރުކޮށް އެ ކޯޓާ ހަވާލުކުރަން މަޖުބޫރު ވާނެއެވެ.

މިކަމާ ގުޅޭގޮތުން އާންމުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުން ދަނިކޮށް މިނިސްޓަރ އިހުސާން ވަނީ އެކަންކަމަށް ޖަވާބު ދެއްވާފައެވެ. އެގޮތުން ރާއްޖެ އަކީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ގައުމެއް ކަމަށް ވިދާޅުވެ، ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.

ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނީ، ކޯޓަށް ހުށަހެޅުނު މައްސަލަ ތަހްގީގު ކުރުމަށްފަހު އަމުރު ނެރުމާމެދު މަހެއްހާ ދުވަހު ފުންކޮށް ވިސްނުމަށް ފަހުއެވެ.

އައިސީސީން މިފަދަ އަމުރެއް މި ނެރުނީ، އެކަން ނުކުރުމަށް އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން ކޯޓަށް ބޮޑެތި ބިރުދެއްކުންތައް ކުރިއަށް ގެންދަނިކޮށް ވެސްމެއެވެ.

ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހާއި، 2024 ވަނަ އަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައިގައި ކަމަށް އައިސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

https://int.etukuri.mv/
tel:+9607331319