logo
ދަރުމަވަންތަ ހޮސްޕިޓަލް---

ދަރުމަވަންތަ ހޮސްޕިޓަލް---

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވައިލައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

profile

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 09:50

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދިޔަ 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)" ގެ ނަމުގައި އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

https://wamco.com.mv/

މި ބަދަލާއެކު، މީގެކުރިން ވަކިވަކިން ހިންގަމުންދިޔަ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް މިހާރު ވަނީ އެއްކޮށް އުވާލައިފައެވެ.

އަލަށް އެކުލަވައިލެވުނު މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ ގޮތަށް، އަދި ހެލްތް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރާނެ ބޯޑެކެވެ. މީގެއިތުރުން، މި ބޯޑާއި ބޯޑުގެ ބެލުމުގެ ދަށުން ހިނގަމުންދާ އެންމެހައި މަރުކަޒުތަކުގެ ކަންކަން ވިލަރެސްކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.

މި ބަދަލާއެކު ރާއްޖޭގެ 12 ހޮސްޕިޓަލެއް ބެލެހެއްޓުމުގެ ޒިންމާ ދެން އަދާކުރާނީ އަލަށް އެކުލަވާލެވުނު ބޯޑުންނެވެ. އޭގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލްތަކަކީ:

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)
  2. ދަރުމަވަންތަ ހޮސްޕިޓަލް
  3. ހުޅުމާލެ ހޮސްޕިޓަލް
  4. ވިލިމާލެ ހޮސްޕިޓަލް
  5. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  6. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  7. ގަން ރީޖަނަލް ހޮސްޕިޓަލް
  8. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  9. ފުވައްމުލަކު ހޮސްޕިޓަލް
  10. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
  11. މޯލްޑިވިއަން ބްލަޑް ސަރވިސަސް
  12. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ހިންގާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ

މި ބަދަލުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ޓަރޝަރީ ފެންވަރުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓި، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

https://wamco.com.mv/
tel:+9607331319