logo

2024 ވަނަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ

profile

އައިޝަތު އިނާޝާ - 31 ޖެނުއަރީ 2025 - 14:20

2024 އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

ބީއެމްއެލް އިން ބުނިގޮތުގައި 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބުނެވެ. މި ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިން ވަނަ ކުއާޓަރއާ އަޅައިބަލާއިރު 47% ކުރިއެރުމެކެވެ. ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޜަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުންނެވެ.

ބީއެމްއެލްއިން ބުނިގޮތުގައި 2024 އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 4% އިތުރުވުމެއް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. އަދި ޖުމްލަ އެސެޓް ވަނީ 2023 ވަނަ އަހަރަށްވުރެ 3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ބެންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅުވެފައިވާއިރު، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައި ވެއެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފާއިތުވި އަހަރު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި 2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދާ ކަމަށެވެ.

2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދީ، ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު: ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ 2025 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އިއުލާންކޮށްފައެވެ. އަދި ޖަމިއްޔާތައް ބާރުވެރިކުރުވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ 5 ފަރާތެއް ހޮވާފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay