logo

ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ!

profile

ޒިދާން މުޙައްމަދު - 30 ޖުލައި 2025 - 05:57

ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރައިފިއެވެ.

https://wamco.com.mv/

ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށް އައި ބިންހެލުމަށް ފަހު ޖަޕާނަށް އެރި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ރާޅުތައް އެރީ އުތުރުގެ މައި ރަށެއް ކަމަށްވާ ހޮކައިޑޯއަށެވެ. އެންއެޗްކޭއިން ލަފާކޮށްފައިވަނީ ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށެވެ.

undefined

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ރަޝިއާގެ އިރުމަތީގައި އޮންނަ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު (84 މޭލު) ދުރަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ --- ޖޭއެމްއޭއިން ވަނީ އެ ގައުމުގެ އިރުމަތީ އައްސޭރިފަށުގެ ބޮޑު ސަރަހައްދަކަށް ސުނާމީ އެޑްވައިޒަރީއެއް ނެރެ، ރާޅުތައް 3 މީޓަރު (9.8 ފޫޓު) އަށް އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެ އިތުރުން ޓައިވާން، ފިލިޕީންސް، ހަވާއީ އަދި އެލަސްކާގެ އެލިއުޓިއަން އައިލެންޑްސް އަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، އެމެރިކާގެ ހުޅަނގު އައްސޭރިފަށުގެ ބޮޑު ސަރަހައްދަކަށް ވަނީ އެޑްވައިޒަރީތައް ނެރެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay