logo

38 އަހަރުގައި މާޓާ އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

ހަފްސީ އަބްދުﷲ - 10 ޖެނުއަރީ 2025 - 06:33

ބްރެޒިލްގެ މާޓާ މިހާރު ކުޅެނީ އެމެރިކާގައި: ފޮޓޯ-އޮލަންޑޯ ޕްރައިޑް

ބްރެޒިލްގެ މާޓާ މިހާރު ކުޅެނީ އެމެރިކާގައި: ފޮޓޯ-އޮލަންޑޯ ޕްރައިޑް

38 އަހަރުގައި ބްރެޒިލްގެ މާޓާ އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އޭނާ ސޮއިކުރީ ޤައުމީ އަންހެން ފުޓްބޯޅަ ލީގުގެ ޗެމްޕިއަން އޮލަންޑޯ ޕްރައިޑް އާއެކުއެވެ. އާ އެއްބަސްވުމުގެ ސަބަބުން 40 އަހަރު ވަންދެން މާޓާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭނެއެވެ.

https://wamco.com.mv/

ބްރެޒިލްގެ ފޯވާޑަށް އަންނަ މަހު 39 އަހަރު ފުރޭނެ އެވެ. އެމެރިކާގެ އޮލަންޑޯ ޕްރައިޑަށް މަތީފަންތީގެ ފުރަތަމަ ތަށި ހޯދައިދިނުމުގައިވެސް މާޓާގެ ދައުރު ބޮޑެވެ.

ކްލަބް ފުޓްބޯޅަ ކުރިއަށް ގެންދަން ނިންމި ނަމަވެސް ދުނިޔެ ދުށް އެންމެ ކާމިޔާބު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރު އޮލިމްޕިކްސްގައި ބްރެޒިލްއާ އެކު ރިހި މެޑަލް ހޯދުމަށްފަހު އެވެ.

ވަރލްޑްކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ މާޓާ އަތުގައެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ އޮލަންޑޯ ޕްރައިޑަށް 11 ލަނޑު ޖަހައިދީފައެވެ.

އަންހެން މޮޅު ކުޅުން ތެރިޔާގެ އެވޯޑް މާޓާ ވަނީ ހަ ފަހަރު ހޯދާފައެވެ.

https://etukuri.mv/
tel:+9607331319