logo

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމުގެ އުސޫލު ބާތިލުކޮށްފި

profile

އާމިނަތު ޝަފާ - 06 ސެޕްޓެމްބަރު 2024 - 21:45

ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައި

ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީސީސީ)ން މީގެ ކުރިން އެކުލަވާލާފައިވާ "އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމުގެ އުސޫލު" ބާތިލުކޮށްފިއެވެ.

ބީސީސީން ބުނިގޮތުގައި އެ އުސޫލު ބާޠިލްކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން، "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑު" އެކުލަވާލުމާ ގުޅިގެންނެވެ.

ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މިހާރު ގެންގުޅެންޖެހޭ އުސޫލުތައް:

- ކާބޯތަކެތި އުފައްދާއިރު، އުފެދޭ ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެގެން ނުވާނެ

- ޖަނަވާރާއި ދޫނި ފަދަ ތަކެތި ކާތަކެތި ތައްޔާރު ކުރާ ސަރަހައްދުގައި ނުގެންގުޅުން

- ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު އެކަމުގައި ބޭނުން ބޭނުން ކޮށްގެން ނުވާނެ
- ކާބޯތަކެތި ތައްޔާރު ކުރެވޭނީ އެމްއެފްޑީއޭ އިން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީން "ބޭސިކް ފުޑް ސޭފްޓީ ކޯސް" ފުރިހަމަ ކޮށްގެން
- އިންޑަސްޓްރިއަލް އަވަން ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ އާލާތްތައް ބޭނުން ނުކުރުން

- ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލް ކުރުން

އެމްއެފްޑީއޭއިން ބުނީ މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން ތަންތަން ފާސް ކުރެވިދާނެ ކަމަށެވެ. އަދި ހުށަހަޅަން ޖެހޭ ޗެކްލިސްޓާއި އިގުރާރުތައް އަހަރަކު އެއް ފަހަރު އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއެވެ.

https://int.etukuri.mv/
tel:+9607331319