logo

ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓެއް ތަޅާލި މީހަކު ހައްޔަރުކޮށްފި

profile

ޒިދާން މުޙައްމަދު - 09 ސެޕްޓެމްބަރު 2024 - 11:10

ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓެއް ތަޅާލި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭ އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގުފަރާތުން ދޮރާ ދިމާލުގައި ހަރުކޮށްފައި ހުރި ލައިޓް ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފަތިހު 4:51 ހާއިރު މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކ. މާލެ، ހެންވޭރު ހަމަވެތި، ޒައިދާން މުޙައްމަދު ޒާހިރު ކަމަށެވެ.

ޒައިދާނަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން، އޭނާގެ ސައިކަލު ފުލުހުން ޓޯކުރުމުން، ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އުމުރުން 24 އަހަރުގެ ޒައިދާންގެ ފޮޓޯއާއި ވަނަވަރު އަދި ހައްޔަރުކުރި މައްސަލާގެ ބާވަތާއެކު ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒައިދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އޭނާ ފުލުހުންގެ ސްޓޭޝަނަށް ގެއްލުންދިން މައްސަލައާއި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބެލެވޭ މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319