logo

ލަވަކިޔުންތެރިޔާ ލާނާ ކައިވެނިކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 29 ސެޕްޓެމްބަރު 2024 - 17:37

ލާނާ ޑެލް ރޭ

ލާނާ ޑެލް ރޭ

https://wamco.com.mv/

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ ކައިވެނި ކޮށްފިއެވެ.

ލާނާ ކައިވެނިކޮށްފައިވަނީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާގެ ލޯބިވެރިޔާ ޖަރމީ ޑަފްރީންއާއެވެ.

އެ ދެމީހުން ކައިވެނިކޮށްފައިވަނީ ލުއީޒިއާނާގައި، ޖަރމީ ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ ސަރަހައްދުގައެވެ. ޖާމީއަކީ ބޯޓް ޓުއާ އޮޕަރޭޓަރެކެވެ.

ހަބަރުތަކުން ރިޕޯޓުކުރާ ގޮތުގައި އެ ދެމީހުން ކައިވެނީގެ ލައިސަންސަކަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.

ލާނާ ކައިވެނިކޮށްފައިވަނީ ޖަރމީއާ ދިމާވިތާ 5 އަހަރު ފަހުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay