logo

މެމްބަރަކީ މުޅި އުމުރު ސިހުރުގެ ކަންކަމުގައި އުޅޭ ޣައްދާރެއް: މޭޔަރު ސައުދު

profile

ޒިދާން މުޙައްމަދު - 29 ނޮވެމްބަރު 2024 - 19:30

ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ----

ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ----

މެމްބަރަކީ މުޅި އުމުރު ސިހުރުގެ ކަންކަމުގައި އުޅޭ ޣައްދާރެއް ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވިދާޅުވެއްޖެއެވެ.

މޭޔަރު ސައުދު ކުރެއްވި ޕޯސްޓެއްގައި “މެމްބަރަކީ މުޅި އުމުރު ސިހުރު ކަންކަމުގައި އުޅޭ ޣައްދާރެއް" ކަމަށް ވިދާޅުވެ، ސިހުރު ކަންތަަކުން ހުރިހާ ވެރިންނާއި، ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް ދުޢާ ދަންނަވާފައިވެއެވެ.

އެ ޕޯސްޓުގައި މޭޔަރު އެ އިޝާރާތް ކުރެއްވީ ކޮން މެމްބަރެއްކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. ނަމަވެސް، ސިހުރުގެ ކަންކަމާ އެންމެ ބޮޑު ގުޅުމެއްވާ ކަމަށް ތިނަދޫގެ ގިނަ ބަޔަކު ތުހުމަތުކުރަނީ މީޑިއާތައް ގޮވައިގެން މީޑިއާ ކައުންސިލަށް ވަޑައިގަންނަވާ ޢިއްޒަތްތެރި މެމްބަރަށެވެ.

ގދ. ތިނަދޫ ސަހަރާގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއްގައި ތުހުމަތުކުރެވޭ ބިދޭސީ ދެމީހެއްގެ ދަތުރު ޚަރަދުތައް މީގެކުރިން އެ މެމްބަރު ހަމަޖައްސައިދިންކަން ފަޅާ އަރާފައިވެއެވެ.

އަދި ކާހިނުން ކަމަށް ބުނާ ދެމީހުންނަކީ އެ މެމްބަރުގެ އާއިލާގެ މީހުންނާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް އެ މެމްބަރު ވަނީ އަމިއްލަފުޅަށް އިއުތިރާފުވެސް ވެފައެވެ.

ސިހުރުގެ ކަންކަމާ އެ މެމްބަރާ އެކިއެކި ތުހުމަތުތައް މީގެކުރިން އެކި ފަރާތްތަކުން ކޮށްފައިވެއެވެ.

https://int.etukuri.mv/
tel:+9607331319