logo

ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި

profile

މަރްޔަމް ލީމް އަބޫބަކުރު - 29 ނޮވެމްބަރު 2024 - 19:15

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލަކީ މިއަދު ހަވީރު 5:00 އިން މިރޭ ދަންވަރު 00:30 އާ ހަމައަށް، ތ. އަތޮޅަށާއި، ލ. އަތޮޅަށާއި، ގއ. އަތޮޅަށާއި، ގދ. އަތޮޅަށާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ނެރެފައިވާ ހުދު ސަމާލެކެވެ.

ސަމާލު ނެރެފައިވާ ގަޑިތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެކުރިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ. އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319