logo

ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި 7 ރަށެއް، އެމްގެޕް ސެޓިފައިޑް އުފެއްދުންތައް ވެސް ލިބޭނެ

profile

އައިޝަތު އިނާޝާ - 15 ފެބްރުއަރީ 2026 - 12:54

އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ވަނީ ބައިވެރިވެފައި ކަމަށާއި މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ވެސް ލިބިގެން ދާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ބުނެފިއެވެ.

https://wamco.com.mv/

އެ ވުޒާރާއިން ބުނިގޮތުގައި ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމް ކުރާ މާރުކޭޓް، 17 ވަނަ ދުވަހަށް ހުޅުވުމަށް، ވާންޖެހޭ ތައްޔާރިތައް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

މި މާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި، އުފައްދާ ތަކެއްޗެވެ. އަދި މި މާރުކޭޓްގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވާނީ ދިވެހިން ކަަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.

މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބިގެން ދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk