logo

ކްރިއޭޓިވް އިންޑަސްޓްރީގެ ޒުވާނުންނަށް ބީސީސީއިން ފޯރަމެއް ބާއްވައިފި

profile

އަހުމަދު ޒަލީފު - 10 ޖެނުއަރީ 2024 - 17:05

----

----

ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީސީސީއިން ޔޫތު ފޯރަމްއެއް ބާއްވައިފިއެވެ. މި ފޯރަމް ބާއްވާފައިވަނީ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.

ބީސީސީއިން މި ފޯރަމް ބާއްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ގުޅިގެންނެވެ. ބީސީސީއިން ބުނީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެހެންކަމުން މި ފޯރަމަކީ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވި ފޯރަމެއްކަމަށެވެ.

މިއީ ބީސީސީއިން މި ދާއިރާއަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ފޯރަމެވެ. މި ފޯރަމުގައި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ 15 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ފިލްމް އުފައްދާ ފަރާތްތަކާއި، ގްރެފިކްސް ޑިޒައިނަރުންނާއި، މޮޑެލްކުރާ މީހުންނާއި، އަޓިސްޓުން ހިމެނެއެވެ. މި ފޯރަމްގެ ތެރެއިން އެމީހުންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައެވެ.

ބީސީސީއިން މިހާރު މަސައްކަތްކުރަމުންދަނީ ކްރިއޭޓަރ ހަބެއް ތަރައްޤީކުރުމަށެވެ. މިއީވެސް ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީ ތަރައްޤީކުރުމަށް އަޅާ ހަބެއްކަމަށް އެ ކޯރޕަރޭޝަނުން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319