logo

ކައުންސިލް އިންތިހާބަށް، ރެކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ ކުރިމަތިލާން ހުޅުވާލީމަ: އީސީ

profile

ޝަހްޒާ މުޙައްމަދު - 09 ޑިސެމްބަރު 2025 - 05:35

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

https://wamco.com.mv/

އީސީއިން ބުނީ 2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ފަހިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ސަރުކާރުގެ ގެޒެޓުން އަދި ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާން އެދޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ދުރާލާ ދިނުމަށް ބޭނުންވެއެވެ. އެހެންވެ ޑިސެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެކަމަށް އީސީން ބުންޏެވެ.

އީސީއިން ބުނީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay