logo

ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖުނީ އިސްތިއުފާ ދެއްވައިފި

profile

އާމިނަތު ޝަފާ - 20 ސެޕްޓެމްބަރު 2024 - 19:10

ބީއެމްއެލްގެ ބޯޑު މެންބަރު ސަޖުނީ

ބީއެމްއެލްގެ ބޯޑު މެންބަރު ސަޖުނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ އެއް މެންބަރު އައިޝަތު ސަޖުނީ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސަޖުނީ އިސްތިއުފާ ދެއްވިކަން އަސްލު ޓީވީއަށް ކަށަވަރު ވެފައިވާއިރު މިވަގުތު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

މީގެކުރިން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަގާމުގައި ހުންނެވި ކާރލް ސްޓުމްކަވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ކާލް އިސްތިއުފާ ދެއްވީ ޑޮލަރު ލިމިޓް އުވާލަން ނިންމުމާއެކު ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުންދަނިކޮށެވެ.

ކާރލް ސްޓުމްކަ އިސްތިއުފާ ދެއްވީ މިމަހުގެ 8 ގައެވެ.

ކާރލް ސްޓުމްކަ ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރީ 2022 ވަނަ އަހަަރުގެ އޮކްޓޯބަރު އެވެ.

ބީއެމްއެލްގެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް، ބީއެމްއެލްގެ ޗެއަރމަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް ޢަޙްމަދު ޢަލީ ޙަބީބު އައްޔަންކުރަން އޭނާގެ ނަން ސަރުކާރުން މިހާރުވަނީ ހުށަހަޅުއްވާފައެވެ.

ޗެއަރމަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ބީއެމްއެލްގެ ހާއްސަ އާންމު ޖަލްސާ އަށްފަހު އޮންނަ ބޯޑު ބައްދަލުވުމުގައެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބަވައެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ.

https://int.etukuri.mv/
tel:+9607331319