
ސައުދީ ސަރުކާރުން އިތުރު 25،500 މުސްހަފް ރާއްޖެއަށް ހަދިޔާކޮށްފި

މުޙައްމަދު ފަޟްލޫން - 21 ނޮވެމްބަރު 2025 - 09:58
ސައުދީ އަރަބިއްޔާގެ ސަރުކާރުން އިތުރު 25،500 މުސްހަފް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ސަޢުދީ ސަރުކާރުން ދިވެހި ސަރުކާރަށް އިތުރު 25,500 މުސްހަފް ހަދިޔާކޮށްފައިވާ ކަމަށެވެ.
މި މުސްހަފްތައް ފޮނުވާނީ ގުރުއާން ހިތުދަސްކުރާ ކުލާސްތަކާއި އިސްލާމީ މަރުކަޒުތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ދެ މަސްކުރީން ވެސް ސަޢުދީން ވަނީ މުސްހަފް ހަދިޔާކޮށްފަ އެވެ. އެ ފަހަރު ހަދިޔާކުރީ 25,000 މުސްހަފެވެ. އެހެން ކަމުން މިހާތަނަށް އެ ގައުމުން ހަދިޔާކުރި މުސްހަފުގެ އަދަދަކީ 50,500 އެވެ.
މުސްހަފްގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތްވެސް ވަނީ ހަދިޔާކޮށްފައެވެ.
ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް އަބަދުވެސް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގުރްއާން ކުލާސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
ގަޑިއިރެއް ކުރިން

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި, ގެއްލުންތަކެއްވެއްޖެ
ގަޑިއިރެއް ކުރިން

ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
2 ގަޑިއިރު ކުރިން


