logo

ސްޓެލްކޯއިން އެމްއެންޑީއެފްއަށް ޑީޕް ޓްރެކަރއަކާއި ޑްރޯނެއް ހަދިޔާ ކޮށްފި

profile

މަރްޔަމް ލީމް އަބޫބަކުރު - 02 ޑިސެމްބަރު 2024 - 14:49

ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރި ޑީޕް ޓްރެކަރ އަދި ޑްރޯން

ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރި ޑީޕް ޓްރެކަރ އަދި ޑްރޯން

ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފްއަށް މިއަދު ހަދިޔާ ކޮށްފިއެވެ.

https://wamco.com.mv/

މި ޑީޕް ޓްރެކަރއާއި ޑްރޯން ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ މިއަދު މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން، އެ ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަޙުމީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ވަސީލަތްތައް ހަދިޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުން ކުރެވޭ ޑްރޯން އަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާރމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލްކަން ލިބިފައިވާ ވަސީލަތެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay