logo

މިއަހަރު ހައްޖަށްދިޔަ 3 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 12:15

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިންގެ ތިންވަނަ ގްރޫޕް ރޭ ރާއްޖެ އަތުވެއްޖެއެވެ.

https://wamco.com.mv/

ސައުދީ އެއާލައިންގެ ބޯޓެއްގައި ރާއްޖެ އައި މި ގްރޫޕުގައި ޖުމްލަ 271 ހައްޖުވެރިން ހިމެނެއެވެ.

ހައްޖުވެރިން ރާއްޖެ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މޯލްޑިވިއަން އާއި ސައުދިއާ އެއާލައިން ގުޅިގެންނެވެ.

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ފުރަތަމަ ފްލައިޓުން 240 އަށްވުރެ ގިނަ ހައްޖުވެރިން އައިސްފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު އައި ދެވަނަ ފްލައިޓުން 262 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ޖުމްލަ 1,019 މީހުންނަކީވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ދިޔަ ފަރާތްތަކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk