
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު!

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 05:44
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މީގެއިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑު އިތުރަށް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ: އެމްއޭސީއެމް އެމްޑީ ޝަރީފް
3 ގަޑިއިރު ކުރިން

ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ސަލީމް
5 ގަޑިއިރު ކުރިން

ގުރައިދޫ މަގުތައް ތަރައްގީ ކުރަން ފަށައިފި
5 ގަޑިއިރު ކުރިން

ރިނބުދޫގައި 250 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ފެނަކައިން ބަހައްޓައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)