
ސިނގިރޭޓް ކޮންޓެއިނަރ ވަގަށްނެގި މައްސަލައިގައި ހިމެނޭ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2025 - 10:58
ސިނގިރޭޓް ކޮންޓެއިނަރ ވަގަށްނެގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 2 ވިޔަފާރިވެރިން ކަމަށްވާ ލޮޓަސް ގެ ވެރިޔާ މއ އެވަރގްލޯރީ އަހްމަދު އާރިފް އާއި އެޕޯލޯގެ ވެރިޔާ ބ އޭދަފުށި ދިގަލި މުހައްމަދު ވަހީދު އާއި ހ ނިއުހެޕިނަސް މުއާޒު އަލީ އާއި ހދ ވައިކަރަދޫ މެދުރީގެ ޒިވާރު އިސްމާއިލް އެވެ.
ސިނގިރޭޓް ކޮންޓެއިނަރތައް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޢެ އެންމެން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތުން އަހްމަދު އާރިފް އާއި ޒިވާރު އިސްމާއީލް 15 ދުވަހަށް އަދި މުހައްމަދު ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސިނގިރޭޓް ކޮންޓެއިނަރ ގެ މައްސަލައިގައި އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ރޭ ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނަރގެ ތަހުގީގަށް މިހާތަަނަށް 12 މީހަކު ފުރުން މަނާކޮށް ބައެއް ތަންތަނާއި އުޅަނދުތައް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.
މި މައްސަލައިގައި އެމްޕީއެލްގެ 6 މީހަކު ސަސްޕެންޑް ކޮށްފައިވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


