logo

ފާއިތުވި 48 ގަޑިއިރު 29 އުޅަނދެއް ޗެކްކޮށް 4 އުޅަނދެއް ޓޯކޮށްފި

profile

އައިޝަތު އިނާޝާ - 05 ޑިސެމްބަރު 2025 - 16:10

https://wamco.com.mv/

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާއިތުވި 48 ގަޑިއިރު 29 އުޅަނދެއް ޗެކްކޮށް ހަތަރު އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 585 ފަހަރު ބަލައިފާސްކޮށް، 113 އިންޓަރެކްޝަން ހަދާފައިވާކަމަށެވެ.

އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 29 އުޅަނދެއް ޗެކްކޮށްފައިވާއިރު 4 އުޅަނދެއް ޓޯވކޮށްފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނިގޮތުގައި ޖުމްލަ 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، ފާހަގަ ކުރެވޭގޮތުގައި މާލޭގެ މަގުތަކުން އުޅަނދު ޓޯކުރަން ހާއްސަ އުޅަނދެއް ފުލުހުން އިއްޔެ ވަނީ ބޭނުންކުރަން ފަށާފައެވެ.

ފުލުހުން ބުނިގޮތުގައި އެ އުޅަނދާއެކު ޓޯ ކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay