
ފޮރިން މިނިސްޓަރު ބެލްޖިއަމް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޝަހްޒާ މުޙައްމަދު - 23 ނޮވެމްބަރު 2025 - 06:30
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އީޔޫ އިންޑޯ-ޕެސިފިކް ވަޒީރުންގެ ފޯރަމުގައި ބައިވެރިވުމަށް ބެލްޖިއަމްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ މިހިނގާ ނޮވެމްބަރ މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ކުރިއަށް ދިޔަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް ވަޒީރުންގެ ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެވުނު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެކުވެރި ބައެއް ޤައުމުތަމުގެ އިސްވެރިންނާއެކު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިދަތުރުފުޅުގެ ތެރޭގައި ފޮރިން މިނިސްޓަރު ވަނީ މި ފޯރަމްގެ ޙަވާސާގެ ތެރެއިން ކުރިއަށްދިޔަ އެކި ހައި-ލެވަލް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައެވެ. މީގެއިތުރުން ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި، ދިވެހި ސަރުކާރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ސެކްރެޓަރީ މަލްޓިލެޓަރަލް އަޙްމަދު ޝިއާން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަލްބޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ، ފޮރިން މިނިސްޓަރު ފޮނުއްވައިފި
8 ދުވަސް ކުރިން

ޤަތަރުގެ ފޮރިން މިނިސްޓަރ އޮފް ސްޓޭޓް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މަހެއް ކުރިން

ފޮރިން މިނިސްޓަރު ޚަލީލް، ޤަތަރުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި
މަހެއް ކުރިން

ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެ: ފޮރިން މިނިސްޓްރީ
މަހެއް ކުރިން


