logo
ބްރެޒިލް އާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިން

ބްރެޒިލް އާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިން

ފީފާ ފުޓްސަލް ވޯލްޑްކަޕް: ސްޕެއިން ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ބްރެޒިލްއަށް

profile

ހަސަން ޝަމްއޫން - 05 ޑިސެމްބަރު 2025 - 14:29

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑްކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގައި ދެވަނަ މެޗުގައި 4-1 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ބްރެޒިލް އިން ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން ބްރެޒިލް ޖާގަހޯދީ ކުއާޓާ ފައިނަލުގައި 6-1 ގެ ނަތީޖާއަކުން ޖަޕާން ބަލިކުރުމަށްފަހު އެވެ. އަދި ސްޕެއިން ސެމީފައިނަލުން ޖާގަހޯދީ ކުއަޓާ ފައިނަލުގައި 6-1 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކުރުމަށްފަހު އެވެ.

ފިލިޕިންސްގެ ޕަސިގް ސިޓީގެ ފިލްސްޕޯޓްސް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ބްރެޒިލް އިން މެޗު ޑޮމިނޭކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބްރެޒިލް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސްޕެއިނުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

21 ނޮވެމްބަރު 2025 އިން 7 ޑިސެންބަރު 2025 ގެ ނިޔަލަށް ފިލިޕިންސްގެ ޕަސިގް ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރިއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay