
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2025 - 10:48
އެސްޓީއޯއިން އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ވިއްކަން ފަށައިފިއެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 23 ބާވަތެއް 15 އޮކްޓޯބަރ 2025 ން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފަށައިފައެވެ.
މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެއެވެ.
މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތައް:
މޭވާ
• ދޮންކެޔޮ
• އާފަލު
• އޮރެންޖު
• ލުނބޯ
• ޖުމްހޫރީމޭވާ
• އަނބު
• ފަޅޯ
• ކަރާ
• މިރުސް
• މޭބިސްކަދުރު

ތަރުކާރީ
• ފިޔާ
• އިނގުރު
• ކެރެޓު
• ބަށި
• ކައްޓަލަ
• އަލުވި
• ކެބެޖު
• ބަރަބޯ
• ބޯވެލި
• ލޮނުމެދު

އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި
• ރީނދޫ މުގު
• ކުކުޅު ބިސް
• ކާށި
އެސްޓީއޯއިން ބުނިގޮތުގައި މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮއްފައެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި
6 ގަޑިއިރު ކުރިން

ސިއްހީ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި
6 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
21 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
ދުވަހެއް ކުރިން


.gif&w=3840&q=75)