.webp&w=3840&q=75)
އިސްރާއީލުގެ ހަމަލާތައް އެހީ ހޯދަން ގޮސް ތިބި މީހުންނަށް، މިއަދުގެ އިރުއެރީ 14 މަރާއެކު!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 28 ޖޫން 2025 - 07:24
އެހީ ހޯދަން ގޮސް ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުން އަންނަ ހަމަލާތައް އިތުރުކޮށްފިއެވެ.
ނޫސް ރިޕޯޓުތައް ބުނާ ގޮތުން މިއަދުގެ އިރުއެރި ފަހުން މިހާތަނަށް އެކަނިވެސް 14 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، ބަނޑުހައިހޫނުކަމުގެ ތެރޭގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މީހުން އެހީގެ ސާމާނު ހޯދުމަށް ނުކުތުމުން، ”ގަސްދުގައި ބަޑިޖަހަން“ އިސްރާއީލުގެ ސިފައިންނަށް އަންގާފައިވާކަމަށް ޚަބަރު ލިބޭ ކަމަށެވެ. އަދި މިއީ ޣައްޒާގައި ހިނގަމުންދާ ”ހަނގުރާމައިގެ ޖަރީމާތަކުގެ“ އިތުރު ހެއްކެއް ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުމުގެ ނަމުގައި ހިންގާ މަރުކަޒުތައް ”މީހުން މަރާ ސަރަހައްދުތަކަށް“ ބަދަލުވެފައިވާ ކަމަށް އދގެ އޯގަނައިޒޭޝަން ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) ގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.
ޣައްޒާގެ މަދަނީ ދިފާއީ ވަކީލުން ބުނާ ގޮތުގައި ހުކުރު ދުވަހު އިސްރާއީލު ސިފައިން ފަލަސްތީނުގެ 100 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ ދެކުނުގައި ހިންގާ އެހީ ބަހަން ހުރި ތަންތަނުގެ ތެރެއިން އެއް ސަރަހައްދު ކައިރީގައި ތިބި ހަ މީހަކު ވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާއާ ދެމެދު ހިނގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 56،331 މީހުން ޝަހީދުވެ، 132،632 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސުލްޖުމްހޫރިއްޔާ މާދަމާ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަނީ
3 ގަޑިއިރު ކުރިން

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ސިޔާސީ ޕާޓީއަކަށް
4 ގަޑިއިރު ކުރިން

މޯލްޑިވިއަން އާއި އެއަރ އިންޑިއާއާ ދެމެދު ކަނެކްޓިވިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އޮޕަރޭޝަން އަލިމަގު: އައްޑޫގެ 10 ތަނެއް ބަލައިފާސްކޮށް މިހާތަަނަށް 10 މީހުން ހައްޔަރަށް
5 ގަޑިއިރު ކުރިން


