logo

ލައިފް ސްކިލްސް ސެޝަނެއް މިމަހު ބާއްވަނީ

profile

ހުސައިން އަހުމަދު - 18 ފެބްރުއަރީ 2025 - 16:38

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ލައިފް ސްކިލްސް ސެޝަނެއް މިމަހު ބާއްވަން ނިންމައިފިއެވެ.

https://wamco.com.mv/

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 23،22 އަދި 24 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:00އަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް މި ސެޝަންގައި ބައިވެރިވެވޭނެއެވެ.

ޕްރޮގްރާމުގެ ތެރެއިން 22 ވަނަ ދުވަހު ބާއްވާ ޝެޝަން ވިލިނގިލީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު 23 އަދި 24 ވަނަ ދުވަހުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރގެ ހަރުގޭގައެވެ.

މި ސެޝަންތަކުގެ ތެރެއިން ބައިވެރިންނަށް ޓީމް ބިލްޑިންއާ ގުޅުންހުރި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެޝަންގައި ބައިވެރިވުމަށް 7925704އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay