logo

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި

profile

ޝުރުފާ މުހައްމަދު - 05 މާރިޗު 2025 - 08:34

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން މަރިޔަމް ވިސާމް އިސްތިއުފާ ދެއްވައިފި އެވެ.

https://wamco.com.mv/

މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މާސްޓާސް ހައްދަވާފައިވާ ވިސާމް ރަޖިސްޓްރާގެ މަގާމަށް އައްޔަންކުރެއްވީ ޖެނުއަރީ 28، 2014 ގަ އެވެ.

އެ މަގާމުން ވިސާމް އިސްތިއުފާ ދެއްވި އިރު، އޭނާ ވަނީ 11 އަހަރު ވަންދެން އެ މަގާމު ފުރުއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން، ނިމުނު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި، މި ވެރިކަމުގައި ވެސް އަހަރަކަށް ވުރެ ގިނަ ދުވަހު އެ މަގާމުގައި ވިސާމް ވަނީ ޚިދުމަތް ކުރައްވާފަ އެވެ.

އެ މަގާމުން މި މަހުގެ 1 ވަނަ ދުވަހު އޭނާ އިސްތިއުފާދެއްވިކަން، އިކޮނޮމިކް މިނިސްޓްރީން ވަނީ އަސްލުޓީވީ އަށް ކަށަވަރުކޮށްދީފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި ވިސާމް އިސްތިއުފާދެއްވީ ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތްކުރުމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެެ.

https://wamco.com.mv/
https://www.aslu.com.mv