logo

ޑްރަގްގެ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން އައްޑޫސިޓީގެ ގެއެއް ބަންދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 10:37

ޑްރަގްގެ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން އައްޑޫސިޓީގެ ގެއެއް ބަންދުކޮށްފިއެވެ.

https://wamco.com.mv/

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ ސ. ހިތަދޫ، ލާމިޔާގެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ ގެ ބަންދުކުރަން ނިންމީ ވައްކަމާއި، ފޭރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެ ތަން ބޭނުންކުރަމުންދާތީއެވެ.

މިކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާތީ، އެ މައްސަލައަށް ހައްލެއް ހޯދުމަކީ މި ފިޔަވަޅުގެ މައިގަނޑު މަގުސަދެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެ ގެ ބަންދުކޮށްފައިވަނީ 2026 ޖޫން 08 އިން ފެށިގެން 2026 ސެޕްޓެމްބަރު 06 ގެ ނިޔަލަށް، ޖުމްލަ 90 ދުވަހުގެ މުއްދަތަށެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އެހެންކަމުން، މިފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ ފަރާތްތަކަށާއި، އެ ތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk