
އާޖެންޓީނާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން
ފީފާ ވޯލްޑްކަޕް ފުޓްސަލް: ތަފާތުބޮޑު ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ޕޯޗުގަލް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 05 ޑިސެމްބަރު 2025 - 14:19
ފިލިޕީންސްގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑްކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގައި ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ޕޯޗުގަލް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ޕޯޗުގަލް ޖާގަހޯދީ ކުއާޓާ ފައިނަލުގައި 7-2 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހު އެވެ. އަދި އާޖެންޓީނާ ފައިނަލުން ޖާގަހޯދީ ކުއަޓާ ފައިނަލުގައި 4-1 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކުރުމަށްފަހު އެވެ.
ފިލިޕިންސްގެ ޕަސިގް ސިޓީގެ ފިލްސްޕޯޓްސް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އާޖެންޓީނާ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
21 ނޮވެމްބަރު 2025 އިން 7 ޑިސެންބަރު 2025 ގެ ނިޔަލަށް ފިލިޕިންސްގެ ޕަސިގް ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރިއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ޕޯޗުގަލް ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި
36 މިނިޓު ކުރިން

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ފަސޭހަކަމާއެކު އާޖެންޓީނާ ބަލިކޮށް ސްޕެއިން ތިންވަނަ ހޯދައިފި
ގަޑިއިރެއް ކުރިން

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
15 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
15 ގަޑިއިރު ކުރިން


