
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު
އެމްޑީޕީ ސަރުކާރުން އެންމެ ބޮޑަށް ޚިޔާނާތްތެރިވީ ފެނަކައަށް: އެމްޑީ މުއާޒް

އައިޝަތު އިނާޝާ - 14 ޖުލައި 2024 - 19:01
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެންމެ ބޮޑަށް ހިޔާނާތްތެރި ވެފައި އޮތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންނަށް އެންމެ ގިނަ އަސާސީ ހިދުމަތްތައް ދޭ އެއްތަނަކީ ފެނަކަކަން ފާހަގަ ކުރަށްވަމުން މުއާޒް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެންމެ ބޮޑަށް ހިޔާނާތްތެރިވީ ފެނަކައަށް ކަމަށެވެ. ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހަމައެކަނި ފެނަކައިގެ ދަރަނީގެ ގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތް ކަމަށެވެ.
މުއާޒް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެމްޑީޕީން ވި ހިޔާނާތް ފެންނަން އެބަ ހުރި ކަމަަށެވެ. ވިދާޅުވީ މިއީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫން، ކަމަށާއި ލިޔެވިފައިވާ ކޮންޓެރެކްޓްތައް ފެންނަން އެބަހުރިކަމަށެވެ. ވިދާޅުވީ ހަރަދު ކުރި ގޮތާއި، ފައިސާ ދިޔަ ކުންފުނިތައް ފެންނަން އެބަހުރި ކަމަށެވެ. މުއާޒް ވިދާޅުވީ، މި ސަރުކާރު އައިސް ފެނަކައަށް ގެއްލުންވާ ގޮތަށް އެއްވެސް ޕްރޮޖެކްޓެއް ކުރިއަށްނުގެންދަން ނިންމި ކަމަށާއި އަދި އެ މަސައްކަތުގެ ތެރެއިން ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަންް އަންގާފައިވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި މުއާޒް ވަނީ މިހާރު ސަރުކާރުން ގަންނަމުންދާ ހުރިހާ މުދަލަކަށް ފައިސާ ދައްކަމުންދާކަން ހާމަކުރަށްވާ އެމްޑީޕީ ސަރުކާރުން ދަރަނީގެ ގޮތުގައި ދޫކޮށްފައި ދިޔަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން ހަތް މަސް ތެރޭ 300 މިިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށެވެ. ވިދާޅުވީ މި ހާލަަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން


